އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅާނެ ކަމަށް "ފިކުރެއްގެ ދިރުން" ހަރަކާތުން ބުނެފި އެވެ.
މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވި ރައީސް ނަޝީދަށް ތާއިދުކުރާ 12 މެމްބަރުން ހިމެނޭގޮތުން އެފަރާތްތަކުން ދަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރެވެ.
އެ ޙަރަކާތުން މިހާރުވަނީ އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގެ ސްޕޯކްސްޕާސަނަކަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހަމަޖައްސާފައެވެ.
އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމުގެ ބޭފުޅުން އުފައްދާ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ޕާޓީއަށް މެންބަރުން ވެއްދުމުގެ މަޝްވަރާތައްވެސް މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު