ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ޢަމަލު ކުރަށްވާފައިވާ ގޮތުން، ޚާރިޖީވަޒީރު ޝާހިދުގެ އިތުބާރު ގެއްލިފައިވާ ކަމަށްބުނެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއި އެކު މިމަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި މިމައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓަރ ޝާހިދަށް 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު ފޮނުވާފައިވާކަމަށްވެސް އީވާ ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅީ ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ.
ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުންނާއި އެމްއެންޕީގެ ތިން މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ސޮއިކުރެއްވި ކަމަށާއި, އެ މައްސަލާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަނި ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ޕީއެންސީގެ މެންބަރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅެނީ 10 މެންބަރުންގެ ސޮއި ލިބިގެނެވެ. ނަމަވެސް ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާއި މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށައަޅާފައެވެ. އަދި އެމައްސަލާގައި މިހާރު ވަނީ ބަންޑާރަނާއިބަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައެވެ.
އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. އެ ނިންމުމާއެކު ކަނޑުގެ ސަރަހައްދުން މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު