ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ނިންމާފައިވާ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަޝްރޫއަށް އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ 61 ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ކުރިއަށް ގެންދަން 2021 ވަނަ އަހަރު ހަމަޖެހުނު މަޝްރޫއުއެއް ކަމަށެވެ.
ނަމަވެސް އިންޑިއާގެ އެގްޒިމް ބޭންކުން އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް އިމްރާން މިއަދު ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، ޕޮލިސް ސްޓޭޝަންތަކުގެ ފައިނޭންސްގެ ކަންކަން ހަމަޖެހުމާއެކު މިއަހަރުގެ ތެރޭގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކޮށްގެން މި ތިބެނީ މިއަހަރުގެ ތެރޭގައި މި ފައިނޭންސްގެ ކަންކަން ހަމަޖެހޭނެ ކަމަށް." އިމްރާން މިއަދު ވިދާޅުވިއެވެ.
ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއަށް، 48 މިލިއަން ޑޮލަރަށެވެ. ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާއިރު މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވަރެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު