ފްލެޓްގެ ދަޅަ ދައްކައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށައެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
އަބްދުﷲ ރިޔާޒް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ނަމުގައި ދިވެހި ރައްޔިތުންގެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުން ފައިސާ ނަގައި އެއްބަސްވާ މުއްދަތަށް ފްލެޓް ނުނިންމާ މައްސަލާއި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޢިމާރާތް ކުރަމުންދިޔަ ބައެއް ފްލެޓްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ބައެއް ފްލެޓްތައް އެޅުމަށް އެޅުމަށް ރައްޔިތުންގެ އަތުން ފައިސާނެގި ނަމަވެސް މަސައްކަތް ކުރިއަށް ނުދާކަމަށް މައްސަލާގައިވެއެވެ.
ހަމައެއާއެކު މަކަރާއި ހީލަތުން އެއްފްލެޓް ގިނަ ބަޔަކަށް ވިއްކާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އިތުރުވެފައިވާކަމަށް ކުއްލި މައްސަލާގައި ވެއެވެ. އަދި އެކި ފަހަރު އެކިގޮތަށް އުޒުރު ދައްކާ އާންމު ރައްޔިތުންގެ ތެރެއިން އެއްބަޔަކު އުމުރު ދުވަހު މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅާއި، އަނެއް ބަޔަކު ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހޯދާ ފައިސާކޮޅު މަކަރާއި ހީލަތުން ނިގުޅައިގަންނަމުންދާކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ މާލީ ތަކްލީފް ދެގުނަވެ އާންމު ރައްޔިތުން ދަރައި ވިކިފައިވާކަމަށާއި، ނަމަވެސް ކަމާ ބެހޭ އިދާރާތަކުން އަދި ބެލެނިވެރިފަރާތްތަކުން މިފަދަ މައްސަލަތަކުގައި އެދެވޭ ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށް ޢަބްދުﷲ ރިޔާޒް ހުށައެޅުއްވި މައްސަލާގައިވެއެވެ.
އެހެންކަމުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް އެވޯޑުކުރުމުގައި ކަމާބެހޭ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް މޮނިޓަރކޮށް ބެލުމަށް ކުއްލި މައްސަލާގައިވަނީ ގޮވާލާފައެވެ.
ޢަބްދުﷲ ރިޔާޒް ހުށައެޅުއްވި މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު