ދިވެހި ރާއްޖެ ފެޑަރަލް ސިސްޓަމަކަށް ދާން ނުޖެހޭ ކަމަށް، ކުރީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން އަލަށް ރަޖިސްޓްރީ ކުރާ ޕާޓީގައި ހިމެނޭ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ހަސަން އަފީފު މިފަދައިން ވިދާޅުވެފައިވަނީ ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރުމުގެ އިތުރުން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ 2 ސިސްޓަމެއް އޮންނަ ކަމަށާއި، އެއީ ޔުނިޓަރީ ސިސްޓަަމަކާއި ފެޑަރަލް ސިސްޓަމް ކަމަށެވެ. ރާއްޖޭގައި މިހާރު އޮތީ ޔުނިޓަރީ ސިސްޓަމެއް ކަމަށާއި، ގާނޫނު އަސާސީގައި އޮތީ ޔުނިޓަރީ ދައުލަތެއްގެ ވާހަކަ ކަމަށް އަފީފް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އަފީފް ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގައި ވެސް ބާރުތައް ބަހައިގެން، ލޯކަލް ގަވަރަނަންސް ކުރިއަރުވައިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ. އެކަން ކުރަން ކޮންމެހެން ފެޑަރަލް ސިސްޓަމަކަށް ދާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފެޑަރަލް ސިސްޓަމެއްގައި އެބަހުރޭ އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ވަރަށް ބޮޑު ކަންތައްތަކެއް. މިސާލަކަށް ސްޓޭޓް އެސެމްބްލީ އޮންނަންޖެހޭނެ. ސްޓޭޓް އެސެމްބްލީއަށް އެބަޖެހޭ ވަރަށް ބޮޑު ބާރުތަކެއް ދޭން. އެތާގައި އެމީހުން އަމިއްލަ ގާނޫނުތަކެއް ހަދަން އެބަޖެހޭ. މިސާލަކަށް އެމެރިކާގައި ބައެއް ސްޓޭޓްތަކުގައި އުފައްދާ ތަކެތި އެހެން ސްޓޭޓަކަށް އެތެރެކުރަން ވެސް ހުއްދަ ހޯދަންޖެހޭ." ހަސަން އަފީފު ވިދާޅުވިއެވެ.
އަފީފްގެ ވާހަކައިގައި އޭނާ ވަނީ ރާއްޖޭގައި މިއޮތީ ދިވެހިން ބޭނުންވާ ސިސްޓަމްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އަސްލު ދިމާވެގެން އުޅޭ މައްސަލައަކީ ޔުނިޓަރީ ސިސްޓަމުގައި ލޯކަލް ގަވަރަަނަންސް ގެންދަންވާގޮތަށް ސަރުކާރުން ނުގެންދެވުން ކަމަށެވެ. އެގޮތަށް ސަރުކާރު ހިންގޭނަމަ ކޮންމެހެން ފެޑަރަލް ސިސްޓަމެއްގެ ވާހަކަ ދައްކާކަށް ނުޖެހޭނެ ކަމަށާއި، ފެޑަރަލް ސަރުކާރުގައި އެ ދޭންޖެހޭ ހުރިހާ އިހްތިޔާރާއި ބާރު (ޔުނިޓަރީ ސަރުކާރެއްގައި) ދިނުމުން އެކަންތައްތައް ހިނގާނެ ކަމަށް އަފީފް ވިދާޅުވިއެވެ.
ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި، ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ ރާއްޖެއަށް ވަރަށް ހިތާމަވެރި ގޮތެއް ދިމާވެދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިއަދު ފެޑަރަލް ނިޒާމަކަށް އަޅުގަނޑުމެން ބަދަލުވާން ނުވިސްނައިފި ނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއެކީގައި ފަލްސަފާއެއް ގަބޫލުކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދަން ޒުވާނުން ނުނިކުންނާނެ ކަމަށް އިންސާނީ ތަޖުރިބާ އެއްވެސް، ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު