ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖޭޕީން ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ، އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ނިންމަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މަސައްކަތުގެ ޢަމަލީ ތަޖުރިބާއާއި، ނަތީޖާ ދައްކާނެ ކަމުގެ ޔަޤީންކަމާއެކު ހުންނެވީ ހަމައެކަނި ގާސިމް ކަމަށެވެ.
އަމީން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ނިކުންނެވީ ޤައުމުގައި ނުރަނގަޅުކޮށްހުރި ކަންކަން ރަނގަޅުކޮށް ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ކަމަށެވެ.
"އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު އަޅުގަނޑުމެންގެ ކެންޑިޑޭޓް ހަގީގީ ކެންޑިޑޭޓަކީ. އެއީ ސޮލިއުޝަން އަކީ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ފެންނަން އޮތީ ޤާސިމްގެ ކުޅަދާނަކަމާއި ހިންގުންތެރިކަން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ޤާސިމް ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވެގެން އުޅޭ ސޮލިއުޝަނަކީ އެމަނިކުފާނު ކަމަށްވީތީ އަޅުގަނޑު މި ދަންނަވަނީ ތި ބޭފުޅުން ތި ތިއްބެވީ އެންމެ ފުރިހަމަ ޓްރެކުގައޭ." ކެމްޕޭން ޓީމުތަކާއެކު ބޭއްވެވި ބައްދަލުވުމުގައި އަމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ނިންމަވާފައިވާއިރު، ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޖުމުހޫރީ ޕާޓީއާއި ގުޅެމުންނެެވެ. ޖުމުހޫރީ ޕާޓީ އަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެެވެ.

ކިޔުންތެރިންގެ ހިޔާލު