ހުވަދު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތްތައް ފަށާނީ އަންނަ ޖުލައިމަހު ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގއ އަދި ގދ އަތޮޅުގައި އާރްޓީއެލް ޚިދުމަތްތައް އަންނަ ޖުލައި މަހުގެ ކުރީކޮޅު ފަށަން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ހުވަދު އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ 6 އުޅަނދާއި އެކުގައި ކަމަށެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން އެއަދަދު އަށަކަށް އިތުރުވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ހަމައެއާއެކު އާރުޓީއެލް ޚިދުމަތް ފެށުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ދާދިފަހުން މިނިސްޓްރީގެ ޓީމެއް ހުވަދު އަތޮޅަށް ގޮސް ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ އެއްވިއުގައަކުން ގުޅާލުމަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު