އެހެން ރަށްރަށުން ބަންޑާރަ ގޯތި ދޫކުރާގޮތަށް ހުޅުމާލޭން ވެސް ގޯތިދޭނެ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅުން 2000 ގޯއްޗެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހުޅުމާލޭން ހިލޭ ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭގެ ބިމުގެ އަގު ދަށްވެގެން ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބިން ހިއްކުމަށް އެވްރެޖްކޮށް ހޭދަވަނީ ދާދި އެއް މިންވަރެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ހުޅުމާލެ ވިޔަސް އެހެން ރަށެއް ވިޔަސް ބިންހިއްކަން ހޭދަވަނީ އެއް މިންވަރެއް. އެހެން ރަށްރަށުން ބަންޑާރަ ގޯތި ދޫކުރާ ފަދައިން ހުޅުމާލޭން ވެސް ގޯތިދޭނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބަންޑާރަބިމުން ގޯތި ދިނުމަކީ ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ގޮތްކަމަށާއި އަދި އެއީ ނިޒާމް ހަމަޖެހިފައިއޮތް ގޮތްކަމަށެވެ. އެކަމަކީ ރާއްޖޭގައި ވެރިކަންކުރި ހުރިހާ ސަރުކާރަކުންވެސް ޢަމަލުކުރަމުންއައި ގޮތްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ބަންޑާރައިން ގޯތި ދިނުމަކީ މާކުރީއްސިރެ ރާއްޖޭގައި އޮތް ކަމެއް. ދިވެހިން ގަބޫލުކުރާ ގޮތުގައި އެއީ އެކަން އޮންނަން ޖެހޭ ގޮތް. ސިޔާސީ ލީޑަރުން ވެސް ތިބީ ބަންޑާރަ ގޯތި ދޭ އުސޫލު ބަދަލުކުރާ ގޮތަކަށް ނޫން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިއަދު ވިދާޅުވީ ބަންޑާރަބިމުން ގޯތި ދޫނުކުރުމަށް ސިޔާސީ ބޭފުޅުން ބޭނުންފުޅުވާނަމަ އެ މަޝްވަރާއަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު