ޖުންޖުލައި ގަދަ ކުރިމަތިވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒުން މިއަދު ޅެންބައިތެއް އިއްވައިފިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖުންޖުލައި ގަދަ ކުރިމަތިވެއްޖެ ކަމަށާއި، ދެން އިތުރަށް އޮޑި ނުދުއްވައި މަޑުކޮށްގެން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު މިބީދައިން ވިދާޅުވެފައިވާއިރު "ދި ޑިމޮކްރެޓްސް" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރަށްވަމުންނެވެ.
ރައީސް ނަޝީދު މިފަދަ މަޖާޒީ މޭރުމަކުން ޅެންބަހުން ސިޔާސީ މެސެޖެއް ދެވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރާނީ "ދި ޑިމޮކްރެޓްސް" ޕާޓީން ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ވިދާޅުވުމާ ގުޅިގެންނެވެ. ޒާހިރުގެ ވާހަކަފުޅު ނިމުމުން ރައީސް ނަޝީދު ވަނީ "ދިޔަވަތް ރަނގަޅު އޮޑި" ފަރިހީގެ އެއްބައި ވިދާޅުވެފައެވެ.
"ޖުންޖުލައި ގަދަ ކުރިމަތިވަނީއޭ، ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނޭ، ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ، ކޮޅުވަތުގައި ހުރިގޮތް ރަނގަޅަށް ބަލާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގެ މޭޒުން މިއަދު ދެއްވާފައިވަނީ ސިޔާސީ މެސެޖެއް ކަމަށް ބެލެވެއެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ހިންގަމުންދިޔަ ޙަރަކާތަށް ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާރުވަނީ އީސީއަށް ހުށައަޅާފައެވެ.
"ދަ ޑިމެކްރެޓްސް" ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީގެ 12 މަޖިލީސް މެންބަރުން އެޕާޓީން ވަކިވެފައިވީ ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު