ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކުގައެވެ.
އެމްޑީޕީން މިހާރު ވަކިވެވަޑައިގެންފައިވާ އީވާ މީގެކުރިން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަގާމު ދިފާއުކުރަން ސިޔާސީ ކަސްތޮޅެއްގައި ނުހުންނަވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެމަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅިމަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 43 މެންބަރުންނެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރަށްވާ 55 މެންބަރުން އެބަތިއްބެވިއެވެ.
މަޖިލީހުގެ ނައިބުރައީސް އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އެމެންބަރުން ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.
"ރަސްއޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމުގައި ހުންނަވަންޖެހޭނީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އީވާ އެޕާޓީން ވަކިވެވަޑައިގެންފައިވާތީ އޭނާ މަޖިލީހުގެ ނާއިބު ރަައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އަސްލަމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު