ރައްޔިތުންގެ މަޖިލީހުގައި ދޭލިޔާ މުޙައްމަދަށް ޚާއްސަ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ރައީސް ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މެންބަރު ޔަޢުޤޫބު މިމޭރުމުން ރައީސް ނަޝީދަށް ރައްދު ދެއްވާފައި މިވަނީ މަޖިލީހުގެ ނައިބުރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް އެމްޑީޕީން ނިންމާފައިވާތީ އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ.
އެގޮތުން ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މިއަދު ވިދާޅުވީ، އޭނާއަކީ ޙަޤީޤީ ޑެމޮކްރޭޓެއް ކަމަށާއި އޭނާ ތަބާވަނީ މެޖޯރިޓީއަށް ކަމަށެވެ. އެގޮތަށް ވިދާޅުވުމުން ޢަލީ ނިޔާޒަށް ނިސްބަތްކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއަދު ތިޔަ އެއްލާލަނީ ދޭލިޔާ މުޙައްމަދުބޭގެ ދަރި ކަމަށާއި، އެކަން ހަނދާނުގައި ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޅ. ހިންނަވަރު ދޭލިޔާ، އަބްދުﷲ މުހައްމަދު ނުވަތަ ދޭލިޔާއަކީ މެންބަރު އީވާގެ ބައްޕާފުޅެވެ. އަދި ރައީސް ޞާލިޙާއި، މެންބަރު ޢަލީ ނިޔާޒްގެ މަންމާފުޅާއި ދޭލިޔާގެ މަންމާފުޅަކީ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނެވެ.
މި ބަހުސްގެ ތެރެއަށް ވަންނަވައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ދޭލިޔާ މުޙައްމަދަށް ޚާއްސަ ގޮތެއް ނޯންނާނެ ކަމަށެވެ.
"ބުނަންތަ ވާހަކައެއް. މަޖިލީހުގައި ދޭލިޔާ މުހައްމަދެއް، ތުއްތުމަނިކެއް އެހެން މީހެއް ތަފާތެއް ނުވާނެ." ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޔައުޤޫބު ވިދާޅުވިއެވެ.

އެމްޑީޕީން މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ ވަކިކުރުމަށްޓަކައި، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އީވާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކުގައެވެ.
އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އެމެންބަރުން ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު