ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން ޢައްޔަނުކުރުމުގައި މިހާތަނަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމެޓީތަކަށް އަލުން މެންބަރުން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިޔާސީ ޕާޓީތަކާއެކު އިއްޔެ މަޝްވަރާ ކޮށްފައިވާކަމަށެވެ. ނަމަވެސް މަޖިލީހުގައި މެންބަރުން ތަމްސީލްކުރަށްވާ ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ޙައްލެއް މިހާތަނަށް ހޯއްދެވިފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީން ވަކިވުމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ކޮމެޓީތައް އަލުން އެކުލަވާލުމަށް މިއަދު 10:30ގައި ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރަށްވާ 12 މެމްބަރަކު އެ ޕާޓީން ވަކިވެފައިވާކަން އެމެންބަރުން މަޖިލީހުގެ އިދާރާއަށް އަންގަވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެހެންކަމުން އެމެންބަރުން މިހާރުވަނީ މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައެވެ.
މަޖިލީހުން ވަކިވި އެމްޑީޕީގެ މެމްބަރުން މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަން އިލެކްޝަނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު