މިސަރުކާރުން މަސްވެރިކަމުގެ ސިނާޢަތަށް 800 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޒަރީރު ވިދާޅުވީ، މި ސަރުކާރުންދަނީ މަސްވެރިކަމުގެ އިންފްރާސްޓަކްޗަރ ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ހަމައެއާއެކު މި ސަރުކާރު ވެގެންދާނީ މަސްވެރިންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކުރާ ސަރުކާރަށްކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ، މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުގެ ޕްރޮޖެކްޓްތަކަށް 800 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިން ބާނާމަސް ކިރުވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ހުސްވަޢުދުވާ ސަރުކާރެއް ނޫންކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތައް ވިއްކާ ވާހަކަ ދައްކަން އިދިކޮޅުފަރާތްތަކުން ލަދުގަންނަން ޖެހޭނެ ކަމަށާއި އެބޭފުޅުންގެ ވެރިކަމުގައި ފ. އަތޮޅު ވިއްކާލީ ދަންވަރު ހޭލާތިބެ ކަމަށެވެ. ދިވެހިންނަށް މިއަދު ވާނުވާ އެނގޭކަމަށާއި އެހެންކަމުން މިސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުން ބަލައިގަންނަކަމަށް ޒަރީރު މިއަދު ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ މަސައްކަތްތަކާއި، އަދި ކޮށްދެއްމުންދާ މަސައްކަތްތައް އެހެރީ ލޯ ކުރިމައްޗަށް ފެންނަން." ޒަރީރު ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، މިފްކޯވެސް އިތުރަށް ތަރައްޤީވެ ޒަމާނާ އެއްގޮތަށް ވިޔަފާރިކުރާނެ އިތުރުމަގުތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ކުރަމުންދާ ބޮޑު ހޭދައިގެ ފޮނިމީރުކަން ފުރިހަމަ ގޮތުގައި ލިބޭނީ އޭރުން ކަމަށް ޒަރީރު ވިދާޅުވިޢެވެ.
ސަރުކާރުން މިހާރުވަނީ މިފްކޯ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ރައިނެކް އިންޑިއާ ލިމިޓެޑާ ޙަވާލުކޮށްފައެވެ. މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ 353 މިލިއަން ރުފިޔާގެ ފައިނޭންސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެއެވެ. މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހަދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު