ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، "ދަ ޑިމޮކްރެޓްސް" އުފައްދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް ކޮމިޝަންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބަށްފަހު ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ސިޔާސީ ޙަރަކާތްތައް ހިންގަވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައެވެ. ނަމަވެސް އާ ސިޔާސީ ޕާޓީ އުފެއްދެވުމަށް އެބޭފުޅުން އީސީއަށް ހުށައެޅުއްވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައެވެ. އަދި އެ މެންބަރުންވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން ފިކުރެއްގެ ދިރުމުން އިޢުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެދުވަހު ވިދާޅުވީ ސިޔާސީ ޕާޓީ ހެދުމުގެ އިދާރީ ކަންކަން ފުރިހަމަކޮށް، ޕާޓީ ހެދުމަށްޓަކާ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ މެމްބަރުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު