ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެރުވުމުގެ ޖަލްސާ އަންނަ މަހު 9 ގައި ބާއްވަން ހަމަޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބުނީ އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ކަމަށެވެ. މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމްވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖެ ދެބައަކަށް ބަހާލައި، ދެ ކެމްޕޭން މެނޭޖަރުން އައްޔަން ކުރަށްވާފައެވެ. އެގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމެއެެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، އެ ޕާޓީގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.
ޖުމްހޫރީ ޕާޓީން މިހާރުވެސް ދަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ގުޅެމުންދާކަން ފާހަގަކުރެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުން ޖޫން 9 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެއްސިއިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ޙަވާލުކޮށްފައެވެ.

ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމްއަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ 9 ޖޫން ހުކުރު ދުވަހުރޭ ކާނިވަލްގަ !
— Riyaz Rasheed (@riyaz_rasheed) May 25, 2023
މިޖަލްސާއަށް ޖޭޕީގެ ހުރިހާ ސަޕޯޓަރުންނަށް ދައުވަތު އަރުވަން ! pic.twitter.com/y8sXF0Qf5v
ޖުމްހޫރީ ޕާޓީން މިހާރުވެސް ދަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ގުޅެމުންދާކަން ފާހަގަކުރެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުން ޖޫން 9 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެއްސިއިރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ޙަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު