ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ 82 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވީ، 2021 ވަނަ އަހަރުގެ ނޮވެމްބަރ 19 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ނަސީމެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށާއި، ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ 95 އިންސައްތަ ފުރިހަމަކޮށްފައި ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު