މިހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފ.އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ. މިދަތުރުފުޅު ކުރައްވަނީ އެރަށްތަކުގައި ސަރުކާރުން ހިންގެވި ބައެއް މަޝްރޫއުތައް ނިމުމުން އެކަން ފާހަގަކުރެއްވުމަށް ކަަމަށް މިޢުވާން ވިދާޅުވިއެވެ.
މިޢުވާން ވިދާޅޫވީ، ރައީސްގެ މިދަތުރުފުޅުގައި ކޮންމެ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ކޮމެޓީތަކާއި، ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ޙަމީދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު