ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި މައްސަލާގައި ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.
ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 82 ހެކި ވަނީ ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ވުމާއެކު، ރައީސް ޔާމީންގެ ދިފާއު ބިނާކުރުމާއި ހެއްކާގުޅޭ ކަންތައްތައް ވަޒަންކުރުމަށްޓަކައި ހެކިބަސް ނެގުމުގެ މަރުޙަލާގެ ކުރިން އެ ފައިލްގައިވާ ލިއުންތައް ދިފާއުން ބަލަން ބޭނުންވާކަމަށެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ގަޟިއްޔާގައި، ހެކި ހާމަކުރަން އެދޭ ޙާލަތުގައި ދައުލަތަށް އެޒިންމާ އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމެއް ގޮތުގައި ހުށައެޅުމުންކަމަށާއި، ޝަރީއަތުގެ މަރުޙަލާގައި ޝަރީޢަތުގެ ކުރީގެ މަރުޙަލާއަށް އަލުން ރުޖޫއަވެވެން ނޯންނާނެކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަޟިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކުރާ އުސޫލަކުން، ޤާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ޙައްޤުވެސް ލިބިދޭ ކަމަށެވެ. އޭގެ ތެރޭގައި ތަހުގީީގީ އިދާރާތަކުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގެ އަދި ހޯދުންތަކުގެ ލޮގްވެސް ހިމެނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން މުޅި މައްސަލައިގެ ތަހުގީގު ފައިލާއި އެންމެހައި ލޮގްތައްވެސް ދިފާއަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ފަނޑިޔާރު އެގޮތަށް އަމުރުކޮށްފިނަމަ ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ފަނޑިޔާރު ޢަލީ ނަދީމް މިއަދު ވިދާޅުވީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ބ ގެ ދަށުން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާއަށް އެކަނި ޤައިދުވެފައިވާ ކަމެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުމަކީވެސް ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނު ފަހުން އައި ނިންމުމެއްކަން ޤާޟީ ފާހަގަކުރެއްވިއެވެ.
ގާޟީ ވަނީ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދޫކުރުމަށް ނިންމަވައި، ކޯޓުގައި މައްސަލައިގެ ފައިލް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތަށް އަންގަވާފައެވެ.
ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.
މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.
އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު