ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ޢަމަލު ކުރަށްވާފައިވާ ގޮތުން، ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ގެއްލިފައިވާ ކަމަށްބުނެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ އަންނަ ބުދަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ތާވަލުކޮށްފައިވަނީ މެއި މަހުގެ 31 ވާ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސިޓީއަކުން މެމްބަރުންނަށް އަންގަވާފައެވެ. މިމައްސަލާގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް އެ މައްސަލާގައި ބަހުސް ކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސްވެސް ވަނީ ރިފްޢަތަށް ފޮނުވާފައެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީން މިހާރު ވަކިކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، ޕީޕީއެމާއި، އެމްއެންޕީ އާއި، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މި މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ.
މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އިމާ ގުޅޭ މި މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ދިވެހިރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ތާޢީދު ތިރީހަށް ނާރައެވެ.

ކިޔުންތެރިންގެ ހިޔާލު