ވެށިފަހި މާލެ މަޝްރޫޢު
ވެށިފަހި މާލެ މަޝްރޫޢު
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައި އޮތް ތަންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން މި ހަފްތާގެ ބުރާސްފަތިި ދުވަހުގެ ނިޔަލަށް ލިޔެކިޔުންތައް ހުށައެޅުމަށް ހައުސިން މިނިސްޓްރީން އެދިއްޖެއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ލިޔެކިޔުންތަށް ހުށަހަޅާ މުއްދަތު މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރިހަކީ މި ހަފްތާގެ ބުރާސްފަތިި ދުވަހެވެ.

މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލިއެވެ. އަދި އެ ލިޔެކިޔުންތައް މާރޗު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް ފުރުސަތު ހުޅުވާލިއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ޚާއްސަ ފިޔަވަޅުތަކާއެކު މާރޗު މަހުގެ 19 ވަނަދުވަހުން ފެށިގެން ރަސްމީކޮށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައި ވަނީ އިއްޔެއެވެ. އެހެންކަމުން ސަރުކާރު އޮފީސްތައް އަލުން ހުޅުވާލުމުން ލިޔެކިޔުންތައް ހުށައަޅަންޖެހޭ މުއްދަތު މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައި ވެއެވެ.

ވެށިފަހީގެ ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން މާލެއިން ބިން ދޫއްކޮށްލާ ފަރާތްތަކަށް އެ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިން ދޫކުރުމަށްވަނީ ނިންމާފައެވެ. ބިން ދޫކޮށްލި މީހުންގެ ތެރެއިން ބައެއް މީހުންނަށްވަނީ ފްލެޓާއި ބިން ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން