މަޖިލީހުގެ ނާއިބު ރައީސް އީވާ މަޤާމުން ވަކިކޮށް ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު އޮތްކަމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމުން ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ވަކިކޮށް ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު އޮތްކަމަށް ވޯޓު ދިނުމަށް 3 ލައިން ވިޕް ނެރެފައިވާ ކަމަށެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށް މަޖިލީހުގައި ވަނީ އެޖެންޑާކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރެއް މިމަހުގެ 23 ގައި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލާގައި މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގެ ދަށުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރުގެ ނޯޓިސް ވަނީ އެ މެންބަރަށް ފޮނުވާފައެވެ.
ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ.
ޝާހިދުގެ މައްސަލަ އެޖެންޑާ ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ސޮއިކުރައްވާ، 18 މެއި ގައި ހުށަހަޅާގައިވާ ފޮރިން މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 6 ޖޫން ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު