ކަނޑު ވިއްކާ ވާހަކަ ދައްކައިގެން ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ ރައީސް ނަޝީދަށް ކަމަށް ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިމޭރުމުން ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށްކަމަށް ބުނެ އެއްވެސް ފަރާތަކަށް ދިވެހި ސަރުކާރުން ސިޓީއެއް ފޮނުވާފައިވާނަމަ އެކަމުގެ ޒިންމާ ރައީސް ޞާލިޙް ނަންގަވަން ޖެހޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ކަނޑު ވިއްކާލާ ވާހަކަ ދައްކައިގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ ރައީސް ނަޝީދަށް ކަމަށެވެ.
ޝާހިދު މިއަދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖޭގެ ވެރިޔަކު އެންމެ ފުރަތަމަ އިއުތިރާފުވެ ވަޑައިގެންނެވީ 2011 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގައި އެތަނުގެ ވެރިންނާ ބައްދަލު ކުރައްވައި ނެރުއްވި ޖޮއިން ކޮމިއުކޭގައި ވަރަށް ސާފުކޮށް އެވާހަކަ އެބައޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ކަނޑުވިއްކާލާކަމަށްބުނެ ފިޔަވަޅު އަޅާނަމަ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެންމެ ފުރަތަމަ އެކަމަށް އިއުތިރާފުވި ފަރާތަށް ކަމަށްވެސް ޝާހިދު މިއަދު ވިދާޅުވިއެވެ.
"ކަނޑުވިއްކާލީއޭ ކިޔައިގެން ފިޔަވަޅު އަޅަންޏާ އެކަމަށް އެންމެ ފުރަތަމަ އިއުތިރާފުވި ފަރާތަށް ނާޅާ ފިޔަވަޅެއް އެޅޭނެ ފަރާތެއް ނޯންނާނެ. އެއީ މަނިކުފާނު." ޝާހިދު މިއަދު ވިދާޅުވިއެވެ.
ޝާހިދު މިމޭރުމުން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ވަނީ ޝާހިދުގެ ވާހަކަތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދޮގު ކުރަށްވާފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި ހުކުމް އިއްވީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
އެ މައްސަލަ މޮރިޝަސްއާ ދެކޮޅަށް ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.
މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.
ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.

ކިޔުންތެރިންގެ ހިޔާލު