ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި، އަމިއްލައަށް ވޯޓުލެވޭނެ އިސްލާޙެއް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.
ބްލައިންޑް އެންޑް ވިޒުއަލީ އިންޕެއާޓް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްނެގުމާއެކު މަޖިލީހަށް ހުށައަޅާފައިވާ އެ އިސްލާހުގައިވަނީ ލޯފަން މީހުން ވޯޓުލާނީ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ކަމަށެވެ.
އެގޮތުން އެޓެމްޕްލޭޓަކީ ވޯޓުކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އިސްލާޙުގައިވެއެވެ.
އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން، ލޯފަން މީހުން ވޯޓުލާން ޖެހޭނީ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގެއް ލޮލަށް ނުފެންނަ މީހުންނަށް ގެއްލިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާ އިސްލާޙު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު