ނޫސްވެރިންނަށް އެންމެ ބޮޑު މިނިވަންކަމެއް ދިނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ދައުލަތުން މީޑިއާތަކަށް ނުފޫޒު ފޯރުވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ކަމަށާއި ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށެވެ. އެގޮތުން ޒަރީރު ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނަށް އެންމެ ބޮޑު މިނިވަންކަމެއް ފޯރުކޮށްދިން ސަރުކާރު ކަމަށެވެ.
ޒަރީރު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ނަތީޖާއަކީ މިއަދު ކޮންމެ މީހަކަށްވެސް އަދި ކޮންމެ މީޑިއާއަކަށްވެސް ސަރުކާރުގެ އޮފީސްތަކުން މަޢުލޫމާތު ހޯދޭނެ މަގު ތަނަވަސްވެގެންދިއުން ކަމަށެވެ. އަދި އެއީ ކުރީގެ އެއްވެސް ސަރުކާރަކުން ތަނަވަސްކޮށްދިން ފުރުސަތެއް ނޫންކަމަށް ޒަރީރު ވިދާޅުވިއެވެ.
މިސަރުކާރުން ނޫސްވެރިން ޖަލަށްލައި އަނިޔާ ކުރަމުން ނުދާ ކަމަށާއި ނޫސް މަޖައްލާތައް ޖޫރިމަނާ ކުރަމުންވެސް ނުދާކަން ޒަރީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ރައީސް ޔާމީންގެ ސަރުކާރުގައި އެކަން ހިނގައިދިޔަގޮތް ނޫންކަން ޒަރީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކެވުމުން އަންނަނީ ހިނިކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ނޫންތޯ ދުށީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަން އެކި އެކި ދާއިރާތަކުގެ ފަންނުވެރިންނަށް، އިލްމުވެރިންނަށް، ހައްދުފަހަނައަޅާގޮސް އެމީހުން މުޖުތަމައުން އެކަހެރިކޮށް ޖަލުގެ ކުޑަގޮޅިތަކުގައި ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްލަން ޖެހުނުކަން.“ ޒަރީރު މިއަދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު މީޑިއާތަކާ ބައްދަލުކުރަށްވަނީ މީހަކަށް މާވަހަރެއް ފެންނަ ގޮތަށް ކަމަށާއި ނަމަވެސް ރައީސް ޞާލިޙަކީ އެންމެގިނައިން މީޑިއާތަކާ ބައްދަލުކުރަށްވާ ރައީސަށް ވާނެ ކަމަށްވެސް ޒަރީރު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު