އިޤްތިޞާދީ މުހިންމު ދެބިލެއް ވީހާވެސް އަވަހަށް އެޖެންޑާ ކޮށްދެއްވުމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދަންނަވައިފިއެވެ.
މީސް މީޑިއާ މެދުވެރިކޮށް ރައީސް ނަޝީދަށް ފޮނުއްވި ޢާއްމު މެސެޖެއްގައި ފައްޔާޒް ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ ސަރުކާރުން އަވަހަށް ނިންމުމަށް ބޭޞުންވާ ބިލްތަކެއް ކަމަށެވެ.
އެގޮތުން އެ ދެބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި އިގްތިޞާދަށް ވަރައް މުހިއްމު ދެ ބިލް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން ޤަރާރުތައް އެޖެންޑާ ކުރަށްވާގޮތަށް އެ ދެބިލްވެސް އެޖެންޑާ ކުރަށްވާ ގޮތަށް އެ ދެބިލްވެސް އެޖެންޑާ ކޮށްދެއްވުމަށް ފައްޔާޒް ވަނީ ރައީސް ނަޝީދުގެ އަރިހުން އެދިލައްވާފައެވެ.
"މި އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤަރާރުތަކެކޭ އެއްފަދައިން މުހިއްމު." ފައްޔާޒް ވިދާޅުވެފައިވެއެވެ.
"އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ ބިލެކެވެ.
"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ނުވަތަ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ" ބިލަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތާކައި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ ބިލެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ މިދެޤާނޫނު ވީހާވެސް އަވަހަކަށް ފާސްކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ) ގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު