އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް ސ.ފޭދޫ މޫންލައިޓް ޝަޒްރާ ޝާކިރު ޢައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު ޕީސީބީން ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ބޯޑު ޑައިރެކްޓަރެއްގެ ގޮތުގައި ޝަޒްރާ ޝާކިރު އައްޔަންކުރުމަށްފަހު އެކަމުގެ ލިޔުން އިއްޔެ އޭނާއަށް ހަވާލު ކޮށްފައިވާ ކަމަށެވެ.

ޝަޒްރާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ.

ޝަޒްރާ މީގެކުރިން އަދާ ކުރަށްވާފައިވާ މަގާމްތަކުގެ ތެރޭގައި، ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެޕްރެޒެެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަމުގެ މަގާމްވެސް ހިމެނެއެވެ. އެންމެފަހުން އޭނާ ވަޒީފާ އަދާކުރައްވާފައިވަނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައެވެ.

2011 ވަނަ އަހަރު އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ އަކީ އެއަރޕޯޓުގެ 50 އިންސައްތަ ހިއްސާގެ އިތުރުން ކާސާ ހޯލްޑިންގެ 30 އިންސައްތަ ޙިއްސާއާއި އެސްޓީއޯ އަދި އެމްއޭސީއެލްއިން ކޮންމެ ކުންފުންޏެއްގެވެސް 10 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު