ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކު އެ މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފޮނުވައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ސްލޮޓްގައި މަޤާމަށް ޢައްޔަނު ކޮށްފައިވާ މަނިކާއި އާސަންދަ ކުންފުނީގެ ބޯޑު މެންބަރު އާމިލާ ލަތީފު ވަކިކުރަން ރައީސް އޮފީހުން އިއްޔެ ވަނީ ޕީބީސީއަށް ފޮނުވާފައެވެ.
ނަމަވެސް އެކަމުގައި ޕީބީސީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގައި މަނިކާއި އާމިލާ ހަރަކާތްތެރިވަމުންދާތީ، އެމްޑީޕީން ވަނީ އެބޭފުޅުން މަޤާމުތަކުން ވަކިކުރަން ރައީސް އޮފީހުގައި އެދިފައެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާތީ އިއްޔެ ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި އެމްޑީޕީގެ ސްލޮޓްތަކުގައި ސިޔާސީ މަޤާމުތައް ދީފައިވާ އެހެނިހެން ފަރާތްތައްވެސް ދަނީ މަޤާމުތަކުން ވަކިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު