ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި މައްސަލާގައި ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.
ރ. ފުއްގިރި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 82 ހެކި ވަނީ ހުށަހަޅާފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން ވިދާޅުވީ، ދައުލަތުން ހޯދި ބޭންކް ސްޓޭޓްމަންޓްގެ ތެރޭގައި 2010 ވަނަ އަހަރުގެ މުއާމަލާތްތައްވެސް ހިމެނޭ ކަމަށާއި އެ ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތިކަމަށެވެ. އެހެންކަމުން އެއީ ޣައިރު ޒިންމާދާރު ކަމެއް ކަމަށް ރައީސް ޔާމީންވެސް މިއަދު ފާހަގަކުރެއްވިއެވެ.
"ސިޔާސީ މީހުންގެ މައްސަލަތަކުގައި ޣައިރު ޒިންމާދާރުކޮށް އަމަލުކޮށްގެން ނުކުންނަ ނަތީޖާއަކީ ކޮބައިތޯ؟ އޭގެ ނަތީޖާއަކީ ބޭންކްތަކަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނީ، މުޅި ބޭންކިން ނިޒާމަށް، މުޅި އިޤްތިޞާދަށް އޭގެ ގެއްލުން ދައްކާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކީގެ ގޮތުގައި ބޭންކް ސްޓޭޓްމަންޓް ހޯދޭނެ ތިން ހާލަތެއް ބޭންކިން ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އެގޮތުން ކޯޓު އަމުރަކާއެކު ނޫނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލިޔުމަކުން ނުވަތަ ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިގެން މައުލޫމާތު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ޕެންޑޯރާ ޕޭޕާރސްގެ ލިޔުންތައް ބަލައި ނުގަތުމަށްވެސް އެދިފައެވެ. އަދި އަދީބާއި ޒިޔަރުގެ ހެކިބަސް ބަލައިނުގަތުމަށްވެސް ހުށައަޅާފައިވެއެވެ.
ޖަވާބުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ އަދީބާއި ޒިޔަތު ދައުލަތުން ހުށައަޅާފައިވަނީ ޝަފަހީ ހެކިން ގޮތުގައި ކަމަށެވެ. އަދި އަދީބާއި ޒިޔަތަކީ ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ތުުހުމަތު ކުރެވޭ ފަރާތްތައް ނޫންކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު ޕެންޑޯރާ ޕޭޕާރސްގެ ލިއުންތަކަކީ މި މައްސަލަ ހިނގަމުން ދަނިކޮށް ހާމަވި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު މިއަދު ވިދާޅުވިއެވެ.
ފަނޑިޔާރު ޢަލީ ނަދީމް މިއަދު އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވީ، ދެންއޮންނަ އަޑުއެހުމެއްގައިވެސް އޮންނާނީ ހުށައެޅުންތަކަށް ވާހަކަދެއްކުން ކަމަށެވެ.
ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.
މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.
އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު