ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަންއެދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ޝަރީފް މިމޭރުމުން ވިދާޅުވީ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކުރުމަށް ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި ބަންޑާރަނާއިބަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. މިކަމާގުޅިގެން މަޖިލީހުގައި ޕާޓީތަކުގެ ލީޑަރުން ކުރެއްވި މަޝްވަރާގައި ޙައްލެއް ލިބިފައިނުވާތީ ރައީސް ނަޝީދު ވަނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ނިންމަވާފައެވެ.
"މި ބާވަތުގެ ކަންކަމުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނުއަސާސީ މާނަކުރެވުނުއިރު ނުވަތަ އެކުލަވާލެވުނުއިރު އޮތްގޮތާއި މިބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެމޭރުމުން ވިދާޅުވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުން ފާސްނުކޮށް ސުޕްރީމް ކޯޓުގެ ލަފައެއް ނުހޯދޭނެ ކަމަށެވެ. އެއާއެކު ރައީސް ނަޝީދުވެސް ވިދާޅުވީ އެފަދަ ލަފައެއް ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ހޯއްދަވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މައްސަލަ ކުރިއަށް ގެންގޮސް ނިންމެވުން މީ ވަރަށް މުހިންމު ކަމެއް.. އެމަނިކުފާނު ޖަވާބުދާރީވުމާ ނުވުން އެއީ އެމަނިކުފާނުގެ ޙައްޤެއް. އެހެންވީމާ އެއްވެސް އިސްތިޝާރީ ލަފައެއް ހޯދަންޖެހޭކަމެއް ނޫން މީއެއް." ޝަރީފް މިއަދު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު