މޮރިޝަސްގެ އެންމެ މަތީ ޝަރަފް ރައީސް ނަޝީދަށް ލިބުނުގޮތެއް ބަލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސަނީފް ވިދާޅުވީ ރާއްޖޭގެ އަމާން އިޤްތިޞާދީ މާޙައުލު ހަލަބޮލި ކޮށްލައި ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަށް ބަޔަކުމީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަނޑުވިއްކާލިކަމަށްބުނެ ދައްކަމުންދަނީ އެފަދަ ހީލަތްތެރި ވާހަކަތަކެއް ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުން ކަމަށެވެ. އަދި ކަނޑު ވިއްކާލިކަމަށް ބުނަމުންދާއިރު ކަނޑުވިއްކާލީ ކޮންބައެއްކަން އެނގެންޖެހޭ ކަމަށް ސަނީފް ވިދާޅުވިއެވެ.
“އިސްތިއުމާރީ ބާރުގެ ދަށުން އަޅުގަނޑުމެން ނެއްޓެމުން ދިޔައިރު މައުމޫނަށް ބޮޑު ރަންހާރެއް އެޅުވިގެން ދިޔަ. އެއީ އިނގިރޭސިންގެ އިސްތިއުމާރަށް ތާޢީދު ކުރުމަށް ދިން ހާރެއް.” ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ އޭގެ ފަހުން އުފެދުނު ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މޮރިޝަސްއާއެކު ކަނޑުގެ މަޝްވަރާ ފެށުމުން ކުރިންވެސް އެޅުވިފަދަ ހާރެއް އެޅުވި ކަމަށް ސަނީފް ވިދާޅުވިއެވެ.
“އެއާއެކު އިއްޒަތްތެރި ރައީސްގެ ކަރުގައި ބޮޑު ހާރެއް އެޅުވިގެން ދިޔަ. މޮރިޝަސްއިން ދޭ އެންމެ މަތީ ޝަރަފް މަނިކުފާނަށް ތިޔަ ގޮނޑީގައި ތިއިންނެވި މަނިކުފާނަށް ލިބިގެންދިޔަ. މި ސުވާލު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. ރާއްޖޭން މިކަންތައް ޙަގީގަތް ބަލަންޖެހޭ.” ސަނީފް ވިދާޅުވިއެވެ.
ސަނީފް މިއަދު ވިދާޅުވީ ފޯޅަވައްސާއި ރާއްޖޭގެ ކަނޑުގައި ފުށުއަރާ ސަރަޙައްދާމެދު ދަޢުވާކުރާނެ ފަރާތެއް ހުރިތޯ ބެލުމަށް އިޢުލާނުކުރުމުން އެކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް އިޖާބައެއް ދީފައި ނުވާކަމަށެވެ. އަދި ކަނޑު ވިއްކާޅި ކަމަށްބުނެ މިއަދު މިދައްކަނީ މުޅިންވެސް ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށާއި އެކަމުގައި އެއްވެސް އަސްލެއް ނެތްކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު