ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ވަޒީރަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިމޭރުމުން ވިދާޅުވީ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކުރުމަށް ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެ މައްސަލާގައި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހަށް ޖަވާބުދާރީވުމަކީ ވަޒީރަށް ލިބިގެންވާ ޙައްޤެއް ކަމަށާއި އޭގެ ބޭނުންކުރުމަކީ ވަޒީރަށްއޮތް އިޚްތިޔާރެއް ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވާފައިކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ރޮޒައިނާ މިއަދު ވިދާޅުވިއެވެ.
“ލިޔުމުން ޖަވާބުދާރީވެފަ އޭޖީ އޮތީ. އެވެސް ނީއްވި.” ރޮޒައިނާ މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި ބަންޑާރަނާއިބަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި މިކަމާގުޅިގެން މަޖިލީހުގައި ޕާޓީތަކުގެ ލީޑަރުން ކުރެއްވި މަޝްވަރާގައި ޙައްލެއް ލިބިފައިނުވާތީ ރައީސް ނަޝީދު ވަނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ނިންމަވާފައެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ހޯއްދަވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

Javaabudhaaree vumakee vazeerah libigen vaa haggeh. Eyge beynun kurumakee vazeeruge ikhthiyaaruga oi kameh. Qavaidhaa khilaafah anekkaaves majleehuga oi no confidence massala huttaalaigen majlis raees innevi innevun kuvverikuran.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) May 31, 2023
Liyumun javaab dhaareevefa AG othee. Eves neevvi! pic.twitter.com/mPto9t7AT0
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި ބަންޑާރަނާއިބަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި މިކަމާގުޅިގެން މަޖިލީހުގައި ޕާޓީތަކުގެ ލީޑަރުން ކުރެއްވި މަޝްވަރާގައި ޙައްލެއް ލިބިފައިނުވާތީ ރައީސް ނަޝީދު ވަނީ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ނިންމަވާފައެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ހޯއްދަވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު