ރައްޔިތުންގެ މަޖިލީހުން ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު ދިފާޢު ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގެ ބަންޑާރަނާއިބަކީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ޣަފޫރު ވިދާޅުވީ ބަންޑާރަނާއިބުގެ އިތުބާރުނެތްކަމުގެ މައްސަލަ ޕާކުކޮށްގެން މަޖިލީހުގައި ނުބޭއްވޭނެ ކަމަށާއި އެމްޑީޕީގެ ފުރިހަމަ އިތުބާރު އެޓަރނީ ޖެނެރަލްއަށް އޮތް ކަމަށެވެ. އެގޮތުން ބަންޑާރަނާއިބުގެ މަސައްކަތުން ރާއްޖެއަށް ލިބުނު ކަނޑު ކުޑަނޫންކަމަށްވެސް ޣަފޫރު މިއަދު ވިދާޅުވިއެވެ.
"މި މަޖިލީހުން މިޤައުމުގެ އެޓަރނީ ޖެނެރަލް ދިފާޢު ކުރާނެ އިއްޒަތްތެރި ރައީސް. އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަޤާމުން ބޭރެއް ނުކުރެވޭނެ ޢިއްޒަތްތެރި ރައީސް." ޣަފޫރު މިއަދު ވިދާޅުވިއެވެ.
ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ސާފުކުރުމަށް ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމުންވެސް ޣަފޫރުވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރިޔާސަތުން ހަމަ އެކަނި އިދިކޮޅު ފަރާތޔްތަކުގެ ބަސް ހޯއްދަވައިގެން އެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ބާއްވަން ނުޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"އެމީހަަކަށް ލިބޭ ހައްގެއް އެމީހަކު ބޭނުން ނުކުރުން އެއީ ދެން ތިބި މީހުން ކުރަން ޖެހޭ މަސައްކަތް ނުކުރަން ޖެހޭ ސަބަބެއް ވެސް ނޫން." ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ އޭޖީއާ ދެކޮޅަށް ހުށަހެޅި މައްސަލަ މިއަދު ކުރިއަށް ގެންދަން ޖެހޭނެ ކަަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ހޯއްދަވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު