ޖުމްހޫރީ ޕާޓީން ކުރަމުންދާ ދަތުރުގައި ޒުވާނުން ބައިވެރިވާންޖެހޭ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މިމޭރުމުން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޙަފްލާއެއްގައި ގިނަ ޢަދަދެއްގެ ޒުވާނުން ވަނީ އެޕާޓީއަށް ގުޅިފައެވެ.

އެކަމާ ގުޅިގެން ޤާސިމް ވިދާޅުވީ ގައުމުގައި މިވަގުތު ހުރި ނުހަނު ގިނަ މައްސަލަތަކަށް ހައްލު ގެނެވޭނީ ވީހާވެސް ގިނަ ޒުވާނުން އޭނާއާއެކު ދަތުރުގައި ބައިވެރިވެގެން ކަމަށެވެ.

“ހާސްކަނޑާލާ. ހަމަޖެހޭނެ.” ޤާސިމް ވިދާޅުވެފައިވެއެވެ.



ޤާސިމް ވަނީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކޮށްދިނުމުގައި ބައިވެރިވި ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފަހަކަށް އައިސް ޖުމުހޫރީ ޕާޓީއާއި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގުޅެމުންނެެވެ. ޖުމުހޫރީ ޕާޓީ އަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެެވެ.



ކިޔުންތެރިންގެ ހިޔާލު