ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ކުރަން 3560 ފޯމާއެކު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ދެބައިވުމަށްފަހު އުފެދުނު ‘ފިކުރެއްގެ ދިރުމުގެ’ މަޖިލީސް މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 17 ގައެވެ. އެއަށްފަހު، އެ މެންބަރުން އިސްވެ ތިއްބަވާ، އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އެ މަހުގެ 21 ގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައެވެ.
ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށައި މިއަދު އެ ޕާޓީން ވަނީ 3,560 ފޯމު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަވަމުންނެވެ.
‘ދަ ޑިމޮކްރެޓްސް’ އުފައްދަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަންފުޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު