ހިޔާ ޓަވަރެއްގެ ދެ ޔުނިޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމަންޓް އަތުލުމަށް އަރބަންކޯއިން ނިންމާފައިވާ ނިންމުން ހުއްޓުވުމުގެ އަމުރެއް ނުދިނުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ފްލެޓްތަކުގެ އެއްބަސްވުން ބާތިލުކުރަން ނިންމުމުން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައިވަނީ އަރބަންކޯއިން ފްލެޓުގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެ އެއްބަސްވުމުގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ނިންމާފައިވަނީ ވަގުތީ އަމުރެއް ނެރޭނެ ޤާނޫނީ ބިނާއެއް ވުޖޫދުވެފައި ނެތްކަމަށެވެ. އެގޮތުން ފްލެޓުތަކުގެ ވެރިން އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައިވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.
އަދި، އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށާއި، އެހެންކަމުން އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.
އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ހިޔާ ދެ އެޕަރޓްމަންޓެއްގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާ މައްސަލައިގައި ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށްވެސް ވަނީ އަންގާފައެވެ.
ނަމަވެސް ޔުނިޓްތަކުގެ ވެރިފަރާތްތަކުން އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އެހެންކަމުން، 14 ދުވަސް ތެރޭގައި އާބަންކޯ އާއި ފުލެޓް ހަވާލުކުރުމަށް ފްލެޓްގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަނުން އެއް ފްލެޓަކީ "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ ފްލެޓެވެ. އަދި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ. އަދި ޝަމާލްގެ ފްލެޓަށް ގަވާއިދުން ކުލިވެސް ނުދައްކާކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު