ސާޖިއޯ ރާމޯސް. ރޭގެ މެޗުގައި އޭނާ ވަނީ ކެރިއަރުގައި 120 ގޯލް ހަމަކޮށްފައި.
ސާޖިއޯ ރާމޯސް. ރޭގެ މެޗުގައި އޭނާ ވަނީ ކެރިއަރުގައި 120 ގޯލް ހަމަކޮށްފައި.
ސާޖިއޯ ރާމޯސްގެ ކެރިއަރުގައި ކާމިޔާބު ކުރި 120 ވަނަ ގޯލާއި އެކު ރިއާލް މެޑްރިޑުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި 04 ޕޮއިންޓާއެކު ހަމަޖެހިލައިފިއެވެ.

ރޭ ސްޕެނިޝް ލަލީގާ ގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗްގައި ރެއާލްގެ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މި ގޯލާ އެކު ރާމޯސް ވަނީ ޑިފެންޑަރުންގެ ތެރެއިން ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަވަނައަށް އަރައިފައެވެ. މިއީ މިސީޒަން ގައި އޭނާ ޖެހި 10 ވަނަ ގޯލެވެ.

ރާމޯސްގެ ރިކޯޑްގެ އިތުރުން ރޭގެ މެޗުން ރެއާލް މެޑްރިޑްގެ ކީޕަރު ކޯރޓްވާ ވަނީ ރިއަލްއަށް 17 މެޗުގައި އެ ޓީމުގެ ކޮޅަށް ގޯލެއް ނުވަދެ 1995 ގެ ފަހުން އެންމެ ގިނައިން ކްލީން ޝީޓްސް ގާއިމް ކުރި ކީޕަރަށް ވެފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް އިން ވަނީ ލީގު ހޯދުމާ ގާތަށް ޖެހިލައިފައެވެ. ލީގުގައި ބާކީ 4 މެޗު އޮތް އިރު އޭގެތެރެއިން 3 މެޗު ކާމިޔާބުކޮށްގެން ރެއާލްއަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެޓީމު މިހާރު ތާވަލްގެ އެއްވަނައިގައި އޮތީ 77 ޕޮއިންޓާއި އެކުގައެވެ.

ތާވަލްގެ ދެވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު އެ މެޗް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. ބާސާއިން މޮޅު ކުޅުމެއް ދެއްކި މި މެޗްގެ ފުރަތަމަ ގޯލަކީ ވިޔަރެއާލްގެ ޕައުޓޮރޭސް ބައިކޮޅަށް ޖެހި ގޯލެކެވެ. މެޗްގެ 14 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ، ޖެރާޑް މައުރީނިއޯ އެވެ. މެޗްގެ 20 ވަނަ މިނެޓުގައި ބާސާގެ ލުއިސް ސުއަރޭޒް ވަނީ ބާސާ ގެ ލީޑް ފުޅާ ކޮށްދީފައެވެ. ބާސާއިން ޖެހި ހަތަރުވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެންތޮނީ ގްރީޒްމަން އެވެ. މި މެޗުގައި ވިޔަރެއާލުން ޖެހި ލަނޑު ކާމިޔާބު ކޮށްދިނީ ޖޯޑި އަލްބާގެ އެހީތެރިކަމާއި އެކު އެޓީމުގެ އަންސޫ ފަޓީ އެވެ. މެޗް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއަކުން ބާސާ ކުރިހޯދައިގެންނެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑާއި ބާސާ އާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ. ރެއާލް މެޑްރިޑް 34 މެޗުން 77 ޕޮއިންޓާއި އެކު އެއްވަނައިގައި އޮތްއިރު ހަމަ އެއަދަދަށް މެޗް ކުޅެގެން ބާސާ ދެވަނައިގައި އޮތީ 73 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތް އިތު ހަތަރުވަނަ ލިބެނީ ސެވިއްޔާ އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން