ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރައީސް ޔާމީން ނޫންގޮތެއް ޕީޕީއެމަށް ނުދެއްކޭ މައްސަލާގައި ޕާޓީގެ ސެނެޓް ހޫނުވެ އިތުރު 6 ސެނެޓަރެއްގެ މައްސަލަބަލަން ފަށައިފިއެވެ.
ޕީޕީއެމްގެ އެތެރޭގެ މަސްރަޙު ހޫނުވީ އެޕާޓީގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލް ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި ސަރުކާރުން ދޭނެކަމަށް ގަބޫލު ކޮށްގެން ލީޑަރޝިޕުން ތިބުމާ ގުޅޭގޮތުން އުފެއްދެވި ސުވާލަކާ ގުޅިގެންނެވެ.
ނަމަވެސް އެޓްވީޓާ ގުޅިގެން ޕީޕީއެމްގެ އެތެރޭގެ މަސްރަޙް އިތުރަށް ހޫނުވުމުން ޝަކީލްވަނީ އެ ޓްވީޓް ޑިލީޓް ކޮށްލަށްވާފައެވެ. އެޓްވީޓަށް ތާޢީދުކޮށް ޕީޕީއެމްގެ ބައެއް ސެނެޓަރުން ވާހަކަދައްކަވާފައިވެސް ވެއެވެ.
ޝަކީލްގެ ސުވާލާއި ގުޅިގެން ޕީޕީއެމްގެ ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ބައެއް މެންބަރުންވަނީ އެކަމުގައި ޕާޓީގެ ލީޑަރޝިޕުން ޢަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން ޕީޕީއެމަކީ ބޮޑު ޕާޓީއެއް ކަމަށާއި ޢާއްމު މެންބަރުންގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި އެންމެ ޕްލޭނަކަށް ބަރޯސާކޮށްގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
މި މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި ޕީޕީއެމްގެ ސެނެޓް މެންބަރ މުއާޒް ހަލީމް ވިދާޅުވީ ޕީޕީއެމް މިހާރު ފެންނަނީ އަމާޒެއްނެތި އޮޔާދާ ކަނދުފައްޗެއްގެ ސިފައިގައި ކަމަށެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު ޕީޕީއެމްގެ ޕްލޭންތައް ހުންނަންޖެހޭނީ ސަރުކާރުގެ މަޅީގައި ނުޖެހޭ ގޮތަށްކަމަށް މުއާޒް ވިދާޅުވިއެވެ.
"ޕްލޭން އޭ ފެއިލް ވެގެން ދާއިރު ޕްލޭން ބީ އިން ޒެޑަށް ވެސް ޕްލޭންތައް ހުންނަން ޖެހޭ،" މުއާޒް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ޔާމީންގެ ވަކީލުން ޢަމަލުކުރަމުންދާ ގޮތާމެދުވެސް ބައެއް ބޭފުޅުންވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން ސެނެޓަރ ރޭނިސް ސަލީމް ވަނީ ރައީސް ޔާމީންގެ ލޯޔަރުން ވިދާޅުވި 2023ގެ މާރޗް މަސް އަދިވެސް ނުނިމޭތޯ ސުވާލު އުފައްދަވާފައެވެ.
ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ ޗާގޮސް ކަނޑުގެ މައްސަލައާއި ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެމްޕޭން މެނޭޖަރުން ޢައްޔަނުކުރި ގޮތާމެދުވެސް ސުވާލު އުފައްދާފައެވެ. އަދި ސެނެޓުން ފާސްނުކޮށް ލީޑަރޝިޕުން ބައެއް ކަންތައްތައް ނިންމަވަމުން ގެންދަވާކަމުގެ ތުހުމަތުވެސް ބައެއް ބޭފުޅުން ކުރަށްވާފައިވެއެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ އެންޓިން ލީޑަރ އަބްދުއް ރަޙީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކަމަށެވެ. އަދި ރައީސް ޔާމީންގެ އިރުޝާދާ ނުލައި މިހާތަނަކަށް އެއްވެސް ކަމެއް ޕީޕީއެމުން ކޮށްފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެނެޓަރުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ޕީޕީއެމުން ވަނީ އެޕާޓީގެ ލީޑަރޝިޕްގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ބައެއް ސެނެޓަރުންގެ މައްސަލަ ބަލަން ފަށާއެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ޕީޕީއެމް ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބުދުއްރަހީމްއެވެ.
މައްސަލަބެލުމަށް އެކުލަވާލި ކޮމިޓީން ވަނީ އެޕާޓީގެ ސެނެޓްގެ މެމްބަރު އިސްމާއިލް ސުހައިލްއާއި، އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލްއާއި، ޕާޓީގެ ސެނެޓަރ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި ސެނެޓަރ ފާތިމަތު ރުކުޝާނާއާއި، އަދި ސެނެޓަރ ފާތިމަތު ފަޒްލާ ކޮމިޓީއަށް ޙާޟިރުކޮށްފައެވެ. ސެނެޓަރ މުއާޒު ހަލީމް މިވަގުތު ރާއްޖޭގައި ނެތުމުން އެ ކޮމިޓީއަށް އޭނާ ޙާޟިރުކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑަސީއަށް ހުރަސްއަޅުއްވާކަމަށް ތުހުމަތުކޮށް މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަނީ ބަލާފައެވެ. އޭނާގެ މައްސަލަ ބެލީ ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މައްސަލަ ބަލަން ފެށުމުން ޕާޓީގެ ހަރަކާތްތަކުގައި އުޅެވެން ނެތްކަމަށްބުނެ އާދަމް ރަމީޒް ވަނީ ޕީޕީއެމުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު