ސިޔާސީ އެއްވުންތަކުގައި ހަމަނުޖެހުން ހިންގުމަށްފަހު ނިކަމެތި ރައްޔިތުން ދޫކޮށްލާފައި ލީޑަރުން ފިލާނީ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން އިންތިޒާމް ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިކޮށްގެން މާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ އެއްވުމާ ގުޅިގެން އިމްރާން ވިދާޅުވީ އެއްވުންތަކުގައި ސިޔާސީ ލީޑަރުން ޢަމަލު ކުރަށްވާ ހީލަތްތެރި ގޮތްތަކާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ލީޑަރުން ސިޔާސީ އެއްވުންތައް ހޫނުކޮށްލުމަށްފަހު މައިދާނުން ފިލަނީކަމަށެވެ. އަދި ހަމަނުޖެހުމަށް ހިތްވަރު ދިނުމަށްފަހު ގޯސް ހައްދުވަނީ ރައްޔިތުންލައްވާކަމަށް އިމްރާން ވިދާޅުވިއެވެ.
“ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ.” އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން ވަނީ ކޮންމެ ފިކުރަކަށް ނިސްބަތްވީ ނަމަވެސް އެފުރުސަތު ލީޑަރުންނަށް ނުދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.
ފޯޅަވަހީ ކަނޑުގެ މައްސަލައިގައި އިދިކޮޅުން މިއަދު ބާއްވާ އެއްވުމުގައި ބައިވެރިނުވާން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސްކުރުމަށް ގާސިމް ވަނީ އެންމެހާ މެންބަރުންނަށް އިލްތިމާސް ކުރަށްވާފައެވެ.
ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށްބުނެ އުފައްދާފައިވާ ކޯލިޝަނުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި، ފިކުރެއްގެ ދިރުމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވައެވެ.

Siyaasee baeh “leaderun” kankuraa gothakee evvunthakahgoss hamanujehun hingaa rayyithunlavvaa gose hadhdhaafa maidhaanun filaigendhiun. Kuvverive adhabu libenee nikamethi rayyithunnah. “Leaderun” thibenee filaa! Kommefikurakah nisbayiviyas evves rayyithaku migothah viyanudhevvaa!
— Imran Abdulla (@ShimranAb) June 2, 2023
އިމްރާން ވަނީ ކޮންމެ ފިކުރަކަށް ނިސްބަތްވީ ނަމަވެސް އެފުރުސަތު ލީޑަރުންނަށް ނުދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.
ފޯޅަވަހީ ކަނޑުގެ މައްސަލައިގައި އިދިކޮޅުން މިއަދު ބާއްވާ އެއްވުމުގައި ބައިވެރިނުވާން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސްކުރުމަށް ގާސިމް ވަނީ އެންމެހާ މެންބަރުންނަށް އިލްތިމާސް ކުރަށްވާފައެވެ.
ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށްބުނެ އުފައްދާފައިވާ ކޯލިޝަނުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި، ފިކުރެއްގެ ދިރުމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު