ނަތީޖާ ނުނިކުންނަ ކަންކަމުގައި ބައިވެރިނުވުމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އިލްތިމާސް ކުރަށްވައިފިއެވެ.
ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުވިއްކުމާ ދެކޮޅަށްކަމަށްބުނެ މިރޭ ބާއްވާ އެއްވުމުން ޗާގޯސްގެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ނުވާނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ ޗާގޯސް މައްސަލާގައި އެންމެ ފުރަތަމަ ދެކޮޅު ހަދާ ބަޔާން ނެރުނު މީހަކީވެސް އެމަނިކުފާނު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބަޔާން ނެރުއްވާފައިވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާސިމް މިއަދުވެސަ ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ސަރުކާރުން ކަންކުރީ ރަނގަޅަށް ނޫންކަން ތަކުރާރު ކުރަށްވާފައެވެ.
"ގާނޫނު އަސާސިގައި ބުނެފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ނުކޮށް އެކަން ކުރަށްވާފައިވާތީ. އެހެންވީމަ އަޅުގަނޑު އެކަން ކުރީ." ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސައަށް ސިޓީފުޅު ފޮނުއްވުމާމެދު ދެކޮޅުހައްދަވައި އަދި އެމައްސަލައިގައި ބަޔާންނެރުއްވި ސަބަބު ހާމަކުރަށްވަމުން ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިރޭގެ އެއްވުމުން ރައީސް ޞާލިޙް މަޤާމުން ވަކިނުކުރެވޭނެ ކަމަށާއި މިއެއްވުމުން ހާސިލް ކުރެވޭނެ ކަމެއް ނެތްކަމަށެވެ. އަދި ގާސިމް މިއެއްވުން ސިފަކުރެއްވީ ފިތުނަ ފަސާދަ އުފައްދަން ކުރާ ކަމެއްގެ ގޮތުގައެވެ.
"ސިޔާސީ ގޮތުން މޮޅުތަކެއް ހޯދަން ބަޔަކު ކުރާހާ ކަމަކަށް ޖޭޕީގެ މީހުން ދާން ނުޖެހޭ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ މިރޭގެ އެއްވުމުގައި ޖޭޕީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް ގޮވާލައްވާފައެވެ. އަދި މިއީ ނަތީޖާ ނެރެވޭނެ ބައްދަލުވުމެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ގާސިމް ސިފަކުރެއްވި ގޮތުގައި މި އެއްވުމުގައި ބައިވެރިވެގެން އެމަނިކުފާނަށާއި ޖޭޕީއަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި މިއެއްވުމުގައި ބައިވެރިވެ ހަމަނުޖެހުމެއް ހިނގައިފިނަމަ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ. އެފަދަ ކަމަކުން އެމަނިކުފާނުގެ ކެންޑިޑެސީއަށް ބުރޫއަރައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ގެއްލިދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު