އެހެން މީހަކަށް ވެރިކަން ލިބުމަށް ރައީސް ނަޝީދު ނޭދޭނެ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ޤާސިމް މިއަދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ރައީސް ނަޝީދަށް ނާކާމިޔާބުވި ހިސާބުން، ޖޭޕީއާއެކު ގުޅުން ބަދަހި ކުރަށްވަމުން ގެންދެވީ އަމިއްލަ މަޤްސަދެއްގައި ކަމަށެވެ.
އެގޮތުން ދެ ފަހަރެއްގެ މަތިން ސަން އައިލެންޑް ރިސޯޓްގައި ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އެއީ ދެއްކި ދަޅައެއްކަން އެނގިވަޑައިގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.
“އެ ބޭފުޅާ ބޭނުމެއް ނުވާނެ އެ ބޭފުޅާ ނޫން އެހެން ބޭފުޅެއް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނާކަށް.” ޤާސިމް މިއަދު ވިދާޅުވިއެވެ.
ޤާސިމް މިއަދު ވިދާޅުވީ, ފިކުރެއްގެ ދިރުމުން ހުށަހެޅި ކަރުދާހުން ފެނުނީ ރައީސް ނަޝީދު ވެރިކަމަށް އައުމަށް ޤާސިމް ގުރުބާން ކުރާ މަންޒަރުކަމަށެވެ. ނަމަވެސް އެފުރުސަތު ނުދެއްވާނެކަމަށް ޤާސިމް މިއަދު ވިދާޅުވިއެވެ.
"އެބޭފުޅުން (ފިކުރެއްގެ ދިރުމުން) ހުށައެޅުއްވި ޕްރަޕޯސަލެއް. ޕްރަޕޯސަލްގަ އޮތީ މިދެންނެވިހެން އަޅުގަނޑު ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ކުރާ މަސައްކަތެއްގެ ގޮތުގަ، އަޅުގަނޑަށް ގަބޫލުކުރެވުނީ. އެއީ އަޅުގަނޑު ވިސްނައިގެން ހުރި ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު އެއްޗެއް ބުނަން ބޭނުންނުވީ. އަޅުގަނޑު ނުބުނަން އެއްވެސް އެއްޗެކޭ، ޖަވާބެއްވެސް ނުދެން އަޅުގަނޑު." ނަޝީދު ހުށައެޅުއްވި ޕްރަޕޯސަލާ ބެހޭގޮތުން ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ނިންމަވާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލައްވަން ނިންމެވުމުން ސަރުކާރުން ޕްރެޝަރު އަންނަ ކަމަށާއި ބިރުދައްކައިގެން މިފަހަރު ފަހަތަށް ނުޖެއްސޭނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ރައީސް ޞާލިހާ ދެކޮޅަށް ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބާއި ބެހޭގޮތުން ފުރަތަމަ ވާހަކަ ދެއްކީ ޖުމްހޫރީ ޕާޓީއާއެވެ. އެގޮތުން ނަޝީދު ސީދާ ގާސިމާ ބައްދަލު ކުރަށްވައި މަޝްވަރާ ކުރަށްވާފައި ވެސް ވެއެވެ. ނަމަވެސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ގެންގުޅުއްވާ ބަރުލަމާނީ ނިޒާމުގެ ވާހަކަ ހުށައެޅުމާއި ހިސާބުން ގާސިން ވަނީ ފެއަށް ޖެހިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު