އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކޮށްފައިވާ މީހުންގެ ލިސްޓް ލީކުވެ އެމީހުންނަށް ބިރުދައްކަމުން ދާކަމަށްބުނެ އެމައްސަލަ ފުލުހުންނަށް ހުށައަޅައިފިއެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝިފާޒް ވިދާޅުވީ އެޕާޓީއަށް ސޮއިކޮށްފައިވާ މީހުންނަށް ގުޅައި ބިރުދައްކަމުންދާ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަންތައް ކުރާ ފަރާތްތައް ދެނެގަނެ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން ފުލުހުންނަށް ގޮވާލި އެވެ.
ޝިފާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސްގެ މެމްބަރުންގެ ލިސްޓް މިހާތަނަށް އާންމުކޮށްފައި ނުވާއިރު، މިހާ އަވަހަށް އެ ޕާޓީގެ ކަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ލިސްޓް ލީކުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލޭ ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.
"މިކަން ސާފުވާ އެއްސަބަބަކީ މި ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމުގެ ކުރިން، ސަރުކާރުގެ އިސް އޮފިޝަލުން ފެށިގެން ސިޔާސީ ވަޒީފާތަކުގައި ތިބި އެންމެ އާދައިގެން މުވައްޒަފުން ވެސް އެ ލިސްޓު ގެންގުޅެމުންދޭ." ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ އެޕާޓީއަށް ސޮއިކޮށްފައިވާ މީހުންނަށް ގުޅައި ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށާއި ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓް ބޭނުންނަމަ ނަން ނެގުމަށް އެދެމުންދާ ކަމަށެވެ.
ހަމައެއާއެކު އިލެކްޝަންސް ކޮމިޝަނުން ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ފޯމުލާފައިވާ މީހުންގެ ވެރިފިކޭޝަން ޕްރޮސެސް ފުރިހަމަކުރުމަށްޓަކައި އެ މީހުންނަށް މެސެޖު ކުރުމުން 'ތިއީ ތިމަންނާއަށް ނޭނގި ލާފައިވާ ފޯމެއް' ކަމަށް ބުނަން ވެސް ސަރުކާރުގެ ބޭފުޅުން ދަނީ ބާރު އަޅަމުންކަމަށް ޝިފާޒް ވިދާޅުވިއެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.
އެޕާޓީ އުފެއްދެވުމަށް މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގެންފައިވާއިރު ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމްތައް މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު