އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފަށްޓަވައި ދެއްވައިފިއެވެ.
މި މަސައްކަތް ރައީސް ފަށްޓަވައި ދެއްވީ މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގަން އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މިރަސްމިއްޔާތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިގްތިޞާދީ ހުރިހާ ބުރެއް އެކުއެކީގައި އެނބުރިގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި އައްޑުއަށް ބަލާނަމަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެކުއެކީގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެގޮތުން ހަންކެޑެގެ އިތުރަށް ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރުކުރެވޭ އިތުރު 5 ރަށް އެ ސަރަޙައްދުން ދާދި އަވަހަށް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަހަމަ ހައްޤުތަކާއި މިންހަމަ އުފާވެރި ދިރިއުޅުން ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެން." ރައީސް ވިދާޅުވި އެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެބޮޑު ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސް އާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 5 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އައްޑޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ސަރުކާރުން ބުނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ރެނާޓަސް އަކީ ރާއްޖޭގަައި މީގެކުރިންވެސް ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން ވަނީ ހުޅުމާލޭގައި 'ރެނާޓަސް އިތާ މުތް' ފްލެޓް އިމާރާތް ކޮށްފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެކުންފުނިން ދަނީ ފްލެޓް އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން މިހާރު ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު