ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އަޅާނީ ބެރިޔަންފަރުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މުޅި ރާއްޖޭގައި އެއްފަހަރާ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްގެން މެނުވީ ރާއްޖެއަށް ހަގީގީ ތަރައްގީ ނުގެނެވޭނެ ކަމަށެވެ.
އެގޮތުން މުޅިރާއްޖެ ވައިގެމަގުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއްގަމާ ކަނޑާ ވައިގެ ވިއުގައަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.
"މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި." ރައީސް ވިދާޅުވި އެވެ.
ބެރިޔަންފަރު އޮންނަ ސަރަހައްދުގައި 15 ރިސޯޓު އޮވެއެވެ. އަދި 10 ރަށުގައި މީހުން ދިރިއުޅޭއިރު 22 ރަށް ފަޅަށް އޮވެ އެވެ.
ރ. އަތޮޅުގައި ތިންވަނަ އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެ މަޝްރޫއަށް ކަނޑައަޅާފައިވަނީ 23.6 މިލިއަން ޑޮލަރެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމުގެ ވައުދު ސަރުކާރުން ވީ އެ އަތޮޅުގެ އިފުރު އެއާޕޯޓުގެ ފަސޭހަކަން ގިނަ ރަށްތަކަށް ނުލިބޭ ކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު