ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް މެދުކަޑާލައިފިއެވެ.

މިއަދުގެ ޖަލްސާއަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި އަނގަބަހުން ޖަވާބު ދެއްވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.

އެހެންނަމަވެސް ޖަލްސާ ފެށުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަށްވަމުން ގެންދަވާތީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ މެންބަރުން ގޮނޑިކޮޅުތަކުގައި އިށިީނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް މެންބަރުން ވަނީ ރިޔާސަތުގެ އަމުރަށް ތަބާވުމަށް އިންކާރު ކުރަށްވާފައެވެ.

އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު