އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އަނގަބަހުން ޖަވާބުދާރީވުމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޙާޟިރުވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރި މިއީ 2 ވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިފްޢަތު ޙާޟިރުވެ ވަޑައިގެންފައިމިވަނީ މީގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ނިންމެވުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޢާއްމު ކޮމިޓީން ކަނޑައަޅާފައިނުވާކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެފައިވަނިކޮށެވެ.
ރިފްޢަތު މިއަދުގެ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންފައިވާއިރު މިއަދުގެ މަޖިލިސް ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން ވަނީ އިހުތިޖާޖު ކުރައްވާފައެވެ.
މިދިޔަ ބުދަ ދުވަހު ރިފްއަތުގެ މައްސަލައިގައި ބަހުސް ކުރިޔަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭނާ ލިޔުމުން ޖަވާބުދާރީވުމާ ގުޅިގެންނެވެ.
ޢާއްމު ކޮމިޓީން ނިންމާފައި ވަނީ މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓް އެރުވުމަށެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލައަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލައަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.
“ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިއުމުން ޖަވާބު ދެއްވަން. އެހެންވީމާ މިއީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަ ކުރަން.” ރައީސް ނަޝީދު އެދުވަހު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ޢަމަލުކުރާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި މި މައްސަލައިގައި މިފަދަ މައްސަލަތަކުގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީން މިހާރު ވަކިކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި، ޕީޕީއެމާއި، އެމްއެންޕީ އާއި، ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 44 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ހަމަކުރެވިފައިވާ ތާޢީދު ތިރީހަށް ނާރައެވެ.

ކިޔުންތެރިންގެ ހިޔާލު