ޤައުމުގެ ހަމަޖެހުމަށްއޮތް ފޯމިއުލާއަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޢަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ މުޖުމައުގެ މަސްލަހަތާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ.

"ހަމަޖެހުމާ އެކީ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރައްވާ ގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ހަމައެކަނި ފޯމިއުލާ އަކީ ރައީސް ޞާލިޙްގެ ސަރުކާރު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރުން." އިމްރާން ވިދާޅުވި އެވެ.



އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ޢަދާލަތު ޕާޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކުރިއަށް ދިއުމަށް ކޯލިޝަން ހަދާފައެވެ. އަދި ޢަދާލަތު ޕާޓީގެ އިސްފަރާތްތަކުން ވިދާޅުވެފައިވަނީ މިއަހަރުގެ އިންތިޚާބު ރައީސް ޞާލިޙް ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

ހަމައެއާއެކު ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ބައެއް ވައުދުތައް ހާމަކޮށް ރައްޔިތުންނަށް ކޮށްދޭނެ ބައެއް ކަންކަން ހާމަކޮށް ތާއިދު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު