އީއީޒެޑް މައްސަލާގައި މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުގެ ހިތަށް ފެންނަގޮތަކީ ޤާނޫނުގައި ބުނާ ސަބަބު ނޫންކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި ފޯޅަވަހީގެ އިމުގެ މައްސަލާގައި ބަންޑާރަނާއިބު ޢަމަލު ކުރަށްވާފައިވަނީ ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަޙަތުގައި ނޫންކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަނީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ޙާޟިރުވެ ޖަވާބުދާރީވަމުން ރިފްޢަތު ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ޤާނޫނަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ އެއްޗަކަށްވުމުން އެ މާނަ ކުރެވޭނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ.
“ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ހ. ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް. ދެކުނުގެ އީއީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ހޯދުމަށް އަޅުގަނޑު ވަކާލާތުކުރި ގޮތާމެދު މަޖިލީހުގެ ރައީސާއި މަޖިލީހުގެ 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ޤާނޫނު އަސާސީގައިބުނާ ސަބަބެއް ނޫން.” ރިފްޢަތު މިއަދު ވިދާޅުވިއެވެ.
ރިފްޢަތު ވިދާޅުވީ ހިތުހުރި ގޮތަކަށް ކޮންމެ މީހަކަށް ޤާނޫނު މާނަކުރުން ނޯންނަ ކަމަށެވެ. އަދި އެކަންކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާ ކަމަށް ރިފްޢަތު ވިދާޅުވިއެވެ.
“އެއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާއި ޤާނޫނު އަސާސީން އެކަންކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއް. ޤާނޫނު އަސާސީގެ 133 ވަނަ މާއްދާއާ ޚިލާފަށް އަޅުގަނޑު އަމަލުކޮށްފިކަމަށް މަޖިލީހުގެ 13 މެންބަރުން ނިންމެވީ ކޮން ޤާނޫނީ އުސޫލަކުންތޯ އަޅުގަނޑު އެބޭފުޅުންނާ ސުވާލުކުރަން ބޭނުން.” މަޖިލީހަށް ޖަވާބުދާރީވަމުން ރިފްޢަތު ވިދާޅުވިއެވެ.
ރިފްޢަތު ވިދާޅުވީ ދެކުނުގެ އީއީޒެޑުގެ މައްސަލައިގައި އިސްކޮށްފައިވާނީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު ކަމަށެވެ. އަދި ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި އެމައްސަލާގައި ގޮތެއް ނިންމަން ނުކެރުނުކަމަށް ރިފްޢަތު ވިދާޅުވިއެވެ.
ރިފްޢަތު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެކަމުގައި ވަކިގޮތެއް ކަނޑަނާޅައި އޮތުމަކީ ބޮޑުތަނުން އިހުމާލުވުންކަމަށެވެ. އަދި އެއީ ލަދުވެތިކަމެއްކަމަށް ރިފްޢަތު މިއަދު ވިދާޅުވިއެވެ.
“މިކަމުގައި އަޅުގަނޑަށް މޮރިޝަސް ސަރުކާރުން ލިބުނު ރަން މެޑައްޔެއް، ލަގަބެއް އިއްޒަތެއް ނެތް. ޑޮލަރުލާން އެސްކްރޯ އެކައުންޓެއް ހުޅުވާފައެއް ނޯންނާނެ،” ރިފްޢަތު މިއަދު ވިދާޅުވިއެވެ.
ރިފްޢަތު ވިދާޅުވީ ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައިވެސް މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އިޓްލޮސްގެ ނިންމުމުގައިވެސް ރައީސްގެ ސިޓީއާ ޙަވާލާދީ އެއްވެސް ކަމެއް ނިންމާފައި ނެތްކަމަށްވެސް ރިފްޢަތު ވިދާޅުވިއެވެ.
ހަމައެއާއެކު އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރެވޭނެއޭ ބުނާ ވާހަކައަކީ ގާނޫނު ކިޔަވާ ކުއްޖެއް ވެސް ދައްކާނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ ރިފްޢަތުވަނީ ކުރީގެ ބަންޑާރަ ނައިބުންނަށްވެސް މިއަދު ރައްދު ދެއްވާފައެވެ.
އިޓްލޮސް އިން ކުރި ހުކުމުގައި ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެއްކަމަށްވެސް މަޖިލީހަށް ޖަވާބުދާރީވަމުން ރިފްޢަތު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު