ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތަށް އިތުބާރު ކުރަނީ ރައީސް ނަޝީދު ރިފްޢަތަށް އިތުބާރު ކުރަށްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ޒިންމާއަކީ ސަރުކާރަށް ވާގިވެރިވުމާއެކު ފާރަވެރިވުން ކަމަށެވެ.
އެގޮތުން ވާގިވެރިވާންޖެހެނީ ސަރުކާރަށް ތާޢީދުކުރާކަމަށް ބުނެ މަޖިލީހަށް އިންތިޚާބުވެފައި ވާތީކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ފާރަވެރިވާން ޖެހެނީ ރައްޔިތުންގެ މަންދޫބުންނަށް ވުމުން ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް މިއަދު ވިދާޅުވީ ފޯޅަވަހި ކޯލިޝަންގެ ބޭފުޅުންނަށްވެސް އެބޭފުޅުން ބަންޑާރަނައިބާ ދެކޮޅަށް ހުށައެޅުއްވި މައްސަލަ ސާފު ނުވާކަމަށެވެ. އެގޮތުން އެބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވާ ކަމަށާއި އެކި ބޭފުޅުން ދައްކަވަނީ އެކި ވާހަކަ ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ބަންޑާރަނާއިބުގެ އިތުބާރުގެ މައްސަލައަކީ ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ސިފައެއްނެތް މައްސަލައެއްކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ އޭނާ ބަންޑާރަނާއިބަށް އިތުބާރު ކުރަށްވަނީ ރައީސް ނަޝީދު ރިފްޢަތަށް އިތުބާރު ކުރަށްވާތީ ކަމަށެވެ. އެގޮތުން ރިފްޢަތަކީ ގޮތްހުރި ރިޝްވަތަށް ނުހެއްލޭނެ ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް މީކާއީލް މިއަދު ވިދާޅުވިއެވެ.
“ކޮމާކޯޅިއެއްގައި އަޅުގަނޑު ދަންނަވާލާނަން. މެއި 15 2019. ‘އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑަށް ތަޖުރިބާ ކުރެވިފާހުރި ތަނުގައި އޮނަރަބަލް އޭޖީ އިބްރާހިމް ރިފްޢަތަކީ ވަރަށްވެސް ނަޒާޙަތްތެރި ބޭފުޅެއް. އެމަނިކުފާނު އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ ޢަމަލެއް ހިންގަފާނެ ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ.’ އިއްޒަތްތެރި ރައީސް. އިބްރާހިމް ރިފްޢަތުގެ މައްޗަށް އަޅުގަނޑަށް އިތުބާރު ލިބެނީ އަޅުގަނޑު އެ އިތުބާރު ހޯދަނީ އެމްޑީޕީގެ ރައީސަށް އަޅުގަނޑު ކުރާ އިތުބާރުގެ މައްޗަށް.” މީކާއީލް މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް ދިން ފުރުސަތުގައި އެ މައްސަލަ ހުށަނާޅައި އިދިކޮޅުން ވަނީ ދިގު ދައްމާލައިފައެވެ.
ނަމަވެސް ފަހުން މައްސަލަ ހުށައެޅުއްވުމުން ބަންޑާރަނާއިބުވަނީ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންފައެވެ. އަދި ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު އިޓްލޮސްގައި ދިފާޢު ކުރަށްވާފައިވާނެ ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު