މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
މަޖިލީހުގެ ޖަލްސާ މިއަދަށް ނިންމާލާފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ ބަންޑާރަނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމަވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގެ މެންދުރުފަހުގެ ދަންފަޅި ފެށުމާއެކު މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންވަނީ ތަޅުމުގައި އަޑުގަދަ ކުރަށްވާފައެވެ. އެގޮތުން ބަންޑާރަނާއިބާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ލިބިގެން މެނުވީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެބޭފުޅުންވަނީ ވިދާޅުވެފައެވެ.
ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވުމާއި ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ހަމައެކަނި ލިބެނީ، އާންމު ކޮމިޓީން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެކަންޏެވެ. އެގޮތުން ބަންޑާރަ ނާއިބު ވަނީ އެމަނިކުފާނަށް އަރުވާފައިވާ ފުރަތަމަ 10 މިނެޓުގައި މައްސަލައަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
ޢާއްމު ކޮމިޓީން ނިންމާފައި ވަނީ މައްސަލައަށް ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓް އެރުވުމަށެވެ. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓާއި ބަހުގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިމުމުން ދޭ 10 މިނެޓެވެ. މުޅި މައްސަލައަށް ޖުމްލަ ދެ ގަޑިއިރު ހޭދަ ކުރުމަށް ނިންމިއިރު މައްސަލައަށް ބަހުސް ކުރުމަށް ދީފައި ވަނީ ދޮޅު ގަޑިއިރެވެ.
މެންދުރުފަހުގެ ދަންފަޅީގައި ބަހުސަށް ފުރުސަތު ދިނުމަށް ރިޔާސަތުން ތަކުރާރުކޮށް އެދުމުންވެސް މެންބަރުން އެކަމަށް އިޖާބަ ނުލިބުމުން، ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު