ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު (މ)
ބޮލަށް މޮޔަ އަރައިގެން ރައީސް ނަޝީދު އުޅުއްވިޔަސް ދެން ރާއްޖޭގެ ވެރިކަމެއް ނުލިބޭނެ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ ޗާގޯސް މައްސަލައިގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ބައިވެރިވާނެކަމަށް ވިދާޅުވުމަށްފަހު ތާޢީދު ނެތުމުން ރައީސް ނަޝީދު އެތަނަށް ފޮނުއްވީ އަޅުކުދިންކޮޅެއް ކަމަށެވެ.

އިސްމާޢީލް މިއަދު ވިދާޅުވީ ރާއްޖޭގެ އެއްވެސް މިންވަރެއް އުނިވެފައިވާކަމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ޤަބޫލު ނުކުރާކަމަށެވެ. އެހެންކަމުން ބަންޑާރަނާއިބުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި އެއްވެސް އަސްލެއްނެތްކަން ހާމަވާކަމަށް މެންބަރު އިސްމާޢީލް މިއަދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އިސްމާޢީލް ވިދާޅުވީ ބޮލަށް މޮޔަ އަރައިގެން ވެރިކަން ހޯއްދަވަން ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގެންނެވި ނަމަވެސް ދެން އެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް ވެރިކަން ލިބެންއޮތް ހަމައެކަނި ހަނި ފުރުސަތަކީ އެމްޑީޕީގައި މަޑުކުރެއްވުން ކަމަށް އިސްމާޢީލް މިއަދު ވިދާޅުވިއެވެ.

"މަނިކުފާނަށް އޮތް ހަމައެކަނި ހަނި ފުރުސަތަކީ އެމްޑީޕީގައި އަދިވެސް މަޑުކުރެއްވުން. އެމްޑީޕީގައި ހުރިހާ ހިނދަކު، ތި ގޮނޑީގައި ބައިދާނަން. އެއީ މަނިކުފާނުގެ އަސްލު ސޫރަ ދިވެހި ރައްޔިތުންނަށް ދައްކައި ދިނުމަށްޓަކާ. މާދަމާ ވެސް ޕާޓީ ބަދަލުކުރާ ހިސާބުން މަނިކުފާނެކޭ މަޖިލީހުގެ ނައިބު ރައީސެކޭ، އެއް ހާލަތަށް އަޅުގަނޑުމެން އެކަންކޮށް ނިންމާނަން،" ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އިސްމާޢީލް ވިދާޅުވީ އެމްޑީޕީ ކަމުނުގޮސްގެން އުފެއްދި ޕާޓީއަށް ހަމަކުރެވުނީ 3000 މެންބަރުން ކަމަށާއި އޭގެތެރޭގައި ވަގަށް ފުރާފައިވާ ފޯމުވެސް ހިމެނޭ ކަމަށެވެ. އަދި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅާނެ ކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާޢީލް މިއަދު ވިދާޅުވީ އިޓްލޮސްގައި ބަންޑާރަނާއިބު ރާއްޖޭގެ ދިފާޢުގައި ކުރަށްވާފައިވަނީ ސެލިއުޓް ޙައްޤު މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކަމަށް ކާމިޔާބު ނުވާނެކަމަށް އިސްމާޢީލް މިއަދު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި ބަންޑާރަ ނާއިބުގެ އިތުބާރުނެތްކަމަށް ހުށައަޅާފައިވާ މައްސަލައަށް ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

މެންދުރުފަހުގެ ދަންފަޅީގައި ބަހުސަށް ފުރުސަތު ދިނުމަށް ރިޔާސަތުން ތަކުރާރުކޮށް އެދުމުންވެސް މެންބަރުން އެކަމަށް އިޖާބަ ނުލިބުމުން، ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު